ވައްކަން ކުރި ކަމުގެ ތުހުމަތުގައި ސިންގަޕޯ އެއާލައިންސްގެ ކުރޫއަކު ހައްޔަރުކޮށްފިއެވެ.
އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ސިންގަޕޯ އެއާލައިންސްގެ އެ ކުރޫ ވަނީ ޖަޕާނުގެ ފިހާރައަކުން 10،000 ޔެން ނުވަތަ 66 ޑޮލަރުގެ މުދާ ވަގަށް ނަގާފައެވެ.
33 އަހަރުގެ އެ ކުރޫ ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ނަރީޓާގައި ހުންނަ އެ ސްޓޯރުން އޭނާ ވަގަށް ނަގާފައިވަނީ ތުވާލި ތަކަކާއި އެހެނިހެން ރީތިވާ ސާމާނު ކަމަށް އޮފިޝަލުން ބުނެއެވެ.
ހައްޔަރު ކުރި ނަމަވެސް އެކުރޫ ވަނީ އޭނާ ވައްކަން ނުކުރާ ކަމަށާއި ފަހުން ފައިސާ ދައްކަން ނިންމައިގެން ހުރިކަމަށް ބުނެފައެވެ. އޭނާ ވަނީ ވައްކަން ކޮށްގެން ފިލަނިކޮށް ހިފެހެއްޓި މީހެއްގެ ގައިގައި ދަތްވެސް އަޅައިފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ސިންގަޕޯ އެއާލައިންސުން ވަނީ އެ އެއާލައިންގެ ކުރޫއަކު ޖަޕާނުން ހައްޔަރު ކުރިކަން ކަށަވަރުކޮށްދީފަ އެވެ. އަދި ތަހުގީގު ކުރިޔަށް ދާތީ އިތުރު ތަފްސީލު ފަހުން ދޭނެ ކަމަށް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ