ދުނިޔޭގެ ޑައިބެޓިކް ފެޑަރޭޝަން ގެ މި އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ދުނިޔޭގެ ކޮންމެ 10 މީހަކުން އެކަކީ ހަކުރު ބަލި ހުންނަ މީހެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އެހެން ބުނީ މިއަދު ފާހަގަކުރާ ހަކުރުބަލިން ރައްކާތެރިކުރުމަށް ކޮންމެ އަހަރެއްގެ ނޮވެމްބަރު 14ގައި ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މި އަހަރު މި ދުވަސް ފާހަގަކުރަނީ "ހިރާސްތައް ދެނެގަނެ، ފިޔަވަޅުއަޅަމާ" މި ޝިޔާރުގެ ދަށުންނެވެ.
އެގޮތުން، ދުނިޔޭގެ އާބާދީގެ ކޮންމެ 10 މީހަކުން އެކަކު ހަކުބަލި ހުންނަ އިރު، އޭގެ ތެރެއިން 90 ޕަސަންޓު މީހުންގެ ހުންނަނީ ޓައިޕް ޓޫ ޑައިބެޓީސް ކަމަށް ބުންޏެވެ. ޓައިޕް ޓޫ ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.
ދެހާސް ވިހިން ދެހާސް އެކާވީސް ވަނަ އަހަރު ހެދި ދިރާއާއަކުން ދައްކާގޮތުން ރައްޖޭގެ އާބާދީގެ 14 ޕަސަންޓު މީހުންގެ ހަކުރުބަލި ހުންނަ ކަމަށް ދައްކާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
- އަވަސް އަވަހަށް ކުޑަކަމު ދާންޖެހުން
- ކަރުހިއްކާ ފެންބޮވުން
- އާދަޔާ ހިލާފަށް ބަޑުހައިވުން
- ބަރުދަނަށް އަވަސް އަވަހަށް ބަދަލު އައުން
- ވަރުބަލިވުން
އެޗްޕީއޭއިން ބުނީ ބަލި ބޮޑު ނުވެ ދިރިއުޅުން ބައްޓަންކުރަން ޖެހޭ ގޮތް އެ ބަލި ތަހައްމަލުކުރާ މީހުންނަށް އެނގެންޖެހޭ ކަމަށެވެ. އަދި ހަކުރު ބަލި ހުރިކަން ކުރީބައިގައި ދެނެގަނެވޭނެ ގާބިލުކަން ސިއްހީ މަސައްކަތްތެރިންގެ ކިބައިގައި ހުރުމަކީ އެ ބަލިން ސަލާމަތް ކުރަން ކުރެވިދާނެ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު