ނޭޕާލުގައި ޓިކްޓޮކް މަނާކުރަން ނިންމައިފިއެވެ.

ނޭޕާލުގެ މިނިސްޓާ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ރޭކާ ޝަރްމާ ވަނީ ހޯމަ ދުވަހު ބޭއްވި އެ ގައުމުގެ ކެބިނެޓުގެ ބައްދަލުވުމެއްގައި އ ޓިކްޓޮކް ބޭން ކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޝަރްމާ ވަނީ އެނިންމުން ނިންމާފައިވަނީ ޓިކްޓޮކްގެ ސަބަބުން މުޖުތަމައުގައި ނުރަނގަޅު އާދަތައް ގިނަވުމާއި އާއިލާތަކާއި އިޖުތިމާއީ ގުޅުންތައް ބަލިކަށިވެ ގިނަ މައްސަލަތަކެއް ފެންމަތި ވެފައިވާކަމަށް ފާހަގަކުރައްވައިފައެވެ.

ވޭތުވެދިޔަ ހަތަރު އަހަރު އެކަނިވެސް 1600 އަށްވުރެން ގިނަ މައްސަލަ ޓިކްޓޮކް އާއި ގުޅިގެން އެ ނޭޕާލްގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭތީ ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ޓިކްޓޮކް މަނާ ކޮށްފައެވެ.