ފުވައްމުލަކު އެއާޕޯޓުގައި ލަގެޖު އުފުލާ ވެހިކަލަކުން ޖެހި ހާލު ސީރިއަސްވި މީހާ މާލެއަށް ގެންނަން ނިންމައިފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު "ވަން" އަށް މިރޭ ވިދާޅުވީ އަނިޔާވި މީހާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތަށް ނިންމީ ޕޭޝަންޓުގެ ހާލަތަށް ބެލުމަށްފަހު އެ ހޮސްޕިޓަލުން ދެވެން ނެތް ބައެއް ފަރުވާތައް ދިނުމަށް ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަނިޔާވި މީހާގެ ހާލު ސީރިއަސްކަމުން ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.
ފުވައްމުލަކުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ އެއާޕޯޓުގެ ލަގެޖު އުފުލާ އުޅަނދު ކޮންޓްރޯލް ނުވެ ގޮހެވެ. އެ ހާދިސާގައި އަނިޔާވީ ފްލައިޓާއި ވެހިކަލާ ދެމެދުގައި ހުރި މީހެކެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް އަދިވެސް ނުލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު