ތަންމަކުނާއި ދެކޮޅަށް ދެކުނު ކޮރެއާއިން ހަނގުރާމަ އިއުލާންކޮށްފިއެވެ.
ދެކުނު ކޮރެއާގެ ގިނަ ސަރަހައްދުތަކަކުން ތަންމަކުނު ގިނަވެ އޭގެ އުނދަގޫ ބޮޑުވުމާއެކު އެ ގައުމުން ވަނީ ހާއްސަ ހަރަކާތެއް ފަށާފައެވެ.
ދެކުނު ކޮރެއާގެ ޔުނިވަސިޓީތަކާއި ރޭލު ސްޓޭޝަންތަކުގެ އިތުރުން އާންމުން ގިނަ އަދަދަކަށް އެއްވާ ހިސާބުތަކުން ތަންމަކުނު ފެންނަ ނިސްބަތް ގިނަވެ އެ ގައުމުން ވަނީ އިންޒާރު ނެރެފައެވެ.
މިދިޔަ މަސް ނިމުނު އިރު 30 މީހަކަށް ތަންމަކުނުގެ ސަބަބުން އިންފެކްޝަންގެ އަސަރުކޮށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.
ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ ތަންމަކުނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް އެއް މަސްދުވަހުގެ ބޮޑު ކެމްޕެއިނެއް ފަށާފައެވެ.
ދެކުނު ކޮރެއާގެ އިތުރުން ދާދި ފަހުން ފްރާންސާއި ޔޫކޭއިން ވެސް ވަނީ ތަންމަކުނުގެ އުނދަގޫ ބޮޑުވެ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ