މާލޭ މަގުމަތިން ފެނުނު ކަންޒު ކަހަނބެއް، ކާށިދޫއަށް ގެންގޮސްފައިވާ ކަމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ބުނެފިއެވެ.
އީޕީއޭން މިއަދު ކުރި އެކްސްއެއްގައި ބުނީ، އެ ކަންޒު ކަހަނބު މާލޭގެ މަގުމަތިން ފެނިފައިވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ކަމަށެވެ. ކަންޒު ކަހަނބު ފެނުނު މީހުން ވަނީ އެކަން އީޕީއޭއަށް ރިޕޯޓުކޮށް، އެއަށް ރައްކާތެރިކަން ދީފައި ކަމަށް އީޕީއޭން ބުންޏެވެ. ކަންޒު ކަހަނބަށް ރައްކާތެރިކަން ފޯރުކޮށްދިން އާއިލާއަށް ޝުކުރުއަދާ ކުރާ ކަމަށްވެސް އީޕީއޭއިން ބުންޏެވެ.
ކަންޒު ކަހަނބު ފެނިފައިވަނީ ލޮނުޒިޔާރަތް ޕާކު ކައިރިންނެވެ. އެ ކަންޒު ކަހަނބު މިހާރު ވަނީ ކާށިދޫ ޗަސްބިމުގެ ސަރަހައްދަށް ދޫކޮށްލައިފައި ކަމަށް އީޕީއޭން ބުންޏެވެ.
ކަންޒު ކަނހަބަކީ 1993 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ދިރުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު