ތިރީސް ވަނަ ވޯލްޑްސް ޓޫރިޒަމް އެވޯޑްސްގައި އިންޑިއާ ކަނޑުގެ ޓޫރިޒަމް ކެޓަގަރީތަކުން ރާއްޖެއަށް 23 އެވޯޑު ލިބިއްޖެއެވެ.
ކޮންމެ އަހަރު ދޭ އެ އެވޯޑްސްގައި އިންޑިއާ ކަނޑުގެ ކެޓަގަރީތަކުން މި އަހަރު އެންމެ ގިނަ އެވޯޑު ލިބިފައި ވަނީ ރާއްޖެއަށެވެ. އެގޮތުން، މި ސަރަހައްދުގެ ލީޑިން ސީޕްލޭން އޮޕަރޭޓާގެ އެވޯޑު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލިބިފައިވާ އިރު، ލީޑިން ޓޫރިސްޓު ބޯޑުގެ އެވޯޑު ލިބިފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) އަށެވެ.
- އިންޑިއަން އޯޝަންސް ލީޑިން ހޮޓެލް ސޫޓް 2023 - ވައްކަރު އޯވާ ވޯޓާ ރެޒިޑެންސް އެޓް ވަކަރު މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ލެއިޝާ ހޮޓެލް 2023 - އަނަންތަރަ ވެލި މޯލްޑިވްސް ރިސޯޓް
- އިންޑިއަން އޯޝަންސް ލީޑިން ލަގްޒަރީ ހޮޓެލް ވިލާ 2023 - ޖޯން ޖޭކޮބް އެސްޓާ އެސްޓޭޓް އެޓް ސެއިންޓް ރެގިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
- އިންޑިއަން އޯޝަންސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2023 - ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
- އިންޑިއަން އޯޝަންސް ލީޑިން ލަގްޒަރީ ރިސޯޓް 2023 - ސެއިންޓް ރެގިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
- އިންޑިއަން އޯޝަންސް ލީޑިން ލަގްޒަރީ ޓުއާ އޮޕަރޭޓާ 2023 - ގެޓް އިންޓު މޯލްޑިވްސް ޓުއާސް
- އިންޑިއަން އޯޝަންސް ލީޑިން ނިއު ރިސޯޓް 2023 - އެމަރޮލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް 2023 - ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ރިސޯޓް 2023 - ވައްކަރު މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2023 - ޓްރާންސް މޯލްޑިވިއަން އެއާވޭސް
- އިންޑިއަން އޯޝަންސް ލީޑިން ޓޫރިސްޓް ބޯޑު 2023 - މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް
- އިންޑިއަން އޯޝަންސް ލީޑިން ޓްރެވެލް އެޖެންސީ 2023 - ސިމްޕްލީ މޯލްޑިވްސް ހޮލިޑޭސް
- އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް ހޮޓެލް 2023 - އިކުއޭޓާ ވިލެޖް މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން އޯލް އިންކްލޫސިވް ރިސޯޓް 2023 - ކޮންސްޓެންސް މޫފުށި މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން 2023 - މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ބުޓީކް ރިސޯޓް 2023 - ފުށިފަރު މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2023 - މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓީނޭޝަން 2023 - މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ޑައިވް ރިސޯޓް 2023 - ކޮންސްޓެންސް މޫފުށި މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ފެމިލީ ރިސޯޓް 2023 - ކުރުނބާ މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ރިސޯޓް 2023 - ޖޭއޭ މަނަފަރު މޯލްޑިވްސް
- އިންޑިއަން އޯޝަންސް ލީޑިން ހޮޓެލް 2023 - ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
- އިންޑިއަން އޯޝަންސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2023 - ފޯ ސީޒަންސް ރިސޯތް މޯލްޑިވްސް އެޓް ކުޑަ ހުރާ
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖޭން ހޯދާފައިވާ އިރު މިއީ ރާއްޖޭން މި އެވޯޑު ހާސިލު ކުރި 12 ވަނަ އަހަރެވެ. އަދި ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑުވެސް ލިބިފައިވާ އިރު، މިއީ އެ އެވޯޑު ލިބުނު 11 ވަނަ ފަހަރެވެ.
އޭގެ އިތުރުން މި ސަރަހައްދުގެ ލީޑިން ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބުނު މިއީ 16 ވަނަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު