ފެނަށް ޖެހި ގާޒާގެ އެތައް ހާސް ކުޑަކުދިން މަރުވަމުން ދާކަމަށް ޔޫއެން އިން ބުނެފިއެވެ.
އދގެ ކުޑަކުދީންނާ ބެހޭ އިދާރާ ޔުނިސެފުން ވަނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވަމުންދާ އާންމުންނާއި ކުޑަކުދީންގެ އަދަދު އަދިވެސް އިތުރުވަމުންދާ ކަމަށް ބުނެފައެވެ.
މިހާތަނަށް 3500 އަށްވުރެ ގިނަ ކުޑަކުދީން އިސްރާއީލުގެ ހަމަލާ ތަކުގައި މަރުވެފައިވާއިރު އެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކަމަށްވެސް އދ އިން ވަނީ ފާހަގަކޮށްފައެވެ.
ހަމަލާތަކުގައި މަރުވާ ކުޑަކުދީންގެ އިތުރުން އިންސާނީ އެހީ ނުލިބި ގިނަ ބަޔަކަށް އޭގެ އަސަރު ކުރާކަމަށް އދ އިން ބުނެފައިވެއެވެ.
ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ވަނީ ގާޒާގެ މިލިއަނަކަށްވުރެ ގިނަ ކުޑަކުދީންނަށް ސާފު ބޯފެން ނުލިބޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔުނިސެފުން ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާތައް ހުއްޓާލައި އާންމުންނަށް ބޭނުންވާ އަސާސީ ސާމާނު ސަޕްލައިކުރުމަށް ގޮވާލާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ