ގާޒާއަށް އިންޓަނެޓާއި ފޯނުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއަށް އިންޓަނެޓާއި ޓެލެފޯނުގެ ހިދުމަތް ފޯރުކޮށްދޭ ޕާލްޓެލް ގްރޫޕަށް ލިބުނު ގެއްލުމުގެ ސަބަބުން ގާޒާއިން އިންޓަނެޓުގެ ހިދުމަތް އެއްކޮށް ކެނޑުނެވެ. ނަމަވެސް މިއަދު އެ ގުރޫޕުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޓަނެޓުގެ ހިދުމަތާއި ޓެލެފޯނުގެ ހިދުމަތް މަޑުމަޑުން އަލުން ދީފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން، ފޯނުގެ ހިދުމަތް ލިބުމާއެކު ގާޒާގެ ރައްޔިތުން އަންނަނީ އެމީހުން އަދިވެސް ދިރި ތިބިކަން އަންގަން އާއިލާގެ މީހުންނަށް ގުޅަމުންނެވެ. އަދި އަވަހަށް ނުގުޅައިފި ނަމަ އަނެއްކާވެސް ހިދުމަތް ކެނޑި، އާއިލާގެ މީހުންނާ ވާހަކަ ނުދެއްކިދާނެ ކަމުގެ ބިރުވެސް ބައެއް މީހުން ހާމަކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

36 ގަޑިއިރެއްހާއިރު ގާޒާގެ ރައްޔިތުން ތިބެން ޖެހުނީ މުޅި ދުނިޔެއާ ގުޅުން ކެނޑިފައެވެ. އަދި ގާޒާގައި މަސައްކަތް ކުރަމުން ދިޔަ ނުސްވެރީންނަށްވެސް އިންޓަނެޓާ ނުލައި ހަބަރުތައް ދުރަށް ފޮނުވުން ވެގެން ދިޔައީ ގޮންޖެހުމަކަށެވެ.

އިލޮން މަސްކުގެ "ސްޓާލިންކް"ގެ ހިދުމަތްވެސް ގާޒާއަށް ފޮރުކޮށްދޭން ނިންމާފައިވާއިރު، މަސްކު ބުނީ އެ ހިދުމަތް ފޯރުކޮށްދޭނީ ގާޒާގައި މަސައްކަތް ކުރާ ބައިނަލްއަގުބާވީ އެއިޑުތަކަށް ކަމަށެވެ.

ސްޓާލިންކުގެ ހިދުމަތް ފޯރުކޮށްދިނުމުން ހަމާސްއިން އެ ހިދުމަތުގެ ބޭނުން ހިފާފާނެ ކަމަށް ބުނެ އިޒްރޭލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.