މިރޭ ހަނދުކޭތަ ހިފާނެތީ ހުރިހާ ރަށެއްގައި ހަނދުކޭތަ ކުރަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.

އިސްލާމިކް މިނިސްޓްރީން، ރޭ އާންމުކުރި ސާކިއުލާއެއްގައި ބުނީ، ހަނދުކޭތަ ހިފަން ފަށާނީ މިރޭ 23:01 ގައި ކަމަށެވެ. ހަނދު ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 1:14 ގައިކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ހަނދުކޭތަ ވީއްލާނީ 3:26 ގައި ކަމަށް ބުންޏެވެ.

އެހެންކަމުން ހުރިހާ ރަށެއްގައި މިރޭ މެންދަމުން އަލިވެ 1:15 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިނިސްޓްރީން ވަނީ، ސިޓީ ކައުންސިލް ތަކަށާއި ރަށު ކައުންސިލްތަކަށް އަންގައިފައެވެ.

އެ މިނިސްޓްރީން ބުނީ ކޭތަ ނަމާދުގެ ހުތުބާ މިއަދު ހެނދުނުން ފަށައިގެން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ.