އެސްޓީއޯ ސުޕަމާކެޓުގެ މޭވާ އާއި ތަރުކާރީ ވިއްކާނެ ހަރުތައް ކުއްޔަށް ދޫކުރަން އެ ކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހަރުތައް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން، ހަރުތަކުގައި ވިއްކަން ބޭނުންވާ މޭވާ އަދި ތަރުކާރީ އެނގޭނެހެން އަންނަ ނޮވެމްބަރުމަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން [email protected] މެއިލް ކުރަންވާނެ ކަމަށެވެ.

ހަރުތައް ކުއްޔަށް ހިފުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 3012490 3344159 3012566 3012786 ގުޅުމުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯގެ ސުޕަމާކެޓުގައި އެހެން ވިޔަފާރިތަކުން މުދާ ވިއްކޭ ގޮތަށް ހަދައި އެތަން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހުއެވެ.

އެސްޓީއޯގެ ވިޔަފާރި ޕާޓްނަރުންގެ ތެރޭގައި، ސިޓީ ބޭކަރީ، ނޯޓް ކޮސްމެޓިކްސް، ޕޮއިސް، މެކްސްކޮމް، މެރަތަން، އަސްރަފީ ބުކްޝޮޕް އަދި ޕީކަބޫ ހިމެނެއެވެ. އެ ހުރިހާ ވިޔަފާރިތަކުން ވިއްކާ މުދާ މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯއިން ވިއްކާ އެކި ބާވަތްތަކުގެ މުދާ ވެސް އެތަންތަނުން ލިބެން ހުންނާނެއެވެ.