އަފްގާނިސްތާނަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ 200 އާއިލާއަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އައިއޭސީން މިއަދު ބުނީ އަފްގާނިސްތާނުގެ ބިންހެލުމުގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުން ހުއްޓާނުލާ ކަމަށާއި އެ ހަރަކާތުން އެ ގައުމުގެ ހާލުގައި ހެޖިފައި ތިބި 200 އާއިލާއަކަށް ރަޖާ އަދި ބަދިގޭގައި ހިފާގެންގުޅޭ ސާމާނު ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ އިތުރުން އިށީނދެ އިނުމަށް ބޭނުންކުރާ ސާމާނު (ހަސީރާ)ވެސް އެ އާއިލާތަކަށް ފޯރުކޮށްދީފައިވާ ކަމަށްވެސް ބުންޏެވެ.
މި މަހުގެ ހަތްވަނަ ދުވަހު އަފްގާނިސްތާނުގެ ހެރަތް ސިޓީއަށް ރެކްޓަ މިންގަނޑުން 6.3 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގައި ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި ބިންހެލުމުގައި ރަށްފުށު ބައެއް ސަރަހައްދުތައް އެއްކޮށް ފުނޑުފުނޑުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު