ބޮމުގެ އިންޒާރަކާއެކު ފްރާންސުގެ އެއާޕޯޓުތައް ހުސްކޮށްފިއެވެ.
ފްރާންސުގެ އެކި ކަންކޮޅުތަކުގައި ހުރި އެއާޕޯޓުތައް ހުއްޓުމަކަށް ގެނެސް މީހުން ހުސްކޮށްފައި ވަނީ ބޮމުގެ އިންޒާރުގެ އީމެއިލް ތަކެއްގެ ސަބަބުން ކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ އޭއެފްޕީ އިން ބުނެއެވެ.
ފްރާންސުން ބަންދުކޮށް މީހުން ހުސްކުރި އެއާޕޯޓު ތަކުގެ ތެރޭގައި އެ ގަައުމުގައި ހުންނަ މަޝްހޫރު ނީސް އެއާޕޯޓާއި ލިއޮން އަދި ލިލީ އެއާޕޯޓު ހިމެނެއެވެ.
ބޮމުގެ އިންޒާރުގެ އީމެއިލްތަކާއެކު އެއާޕޯޓުތައް ހުސްކޮށް ބޮން ނައްތާލާ ހާއްސަ ޓީމުތަކުން ވަނީ އެ ސަރަހައްދު ތަކުގައި ހަރަކާތްތެރިވެފައެވެ.
ފުލުހުން ބުނީ، ބެލި ބެލުމުން ނުރައްކަލުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން އެއާޕޯޓުތައް އަލުން ހުޅުވާލައި އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ