އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ރޭ އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ގިނަ ބަޔަކު ޝަހިދުކޮށްލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ހޮސްޕިޓަލުތަކަށާއި ކުށެއް ނެތް މީހުންނަށް އަމާޒުކޮށް ހަަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލަފުވާ ހުތުރު އަމަލެއް ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓުގައި ގާޒާގެ ރައްޔިތުންގެ ހާލަތަށް ލުޔެއް ހޯދައިދިނުމަށް އިންސާނީ ވަލީލަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ވަނީ ގޮވާލައްވައިފައެވެ.
އިޒްރޭލުން ގާޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގައި 500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިޒްރޭލުން ވަނީ އެ ހަމަލާގެ ޒިންމާ ނަގަން ދެކޮޅު ހަދައިފައެވެ. އަދި އެއީ ހަމާސްއިން އިޒްރޭލަށް ފޮނުވާލި ހަމަލާއެއް ފެއިލްވެގެންވި ކަމެއް ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު