ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމުގެ މަގާމަށް، އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ ގޮތުގައި މި ވަގުތު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރިމަތިލައްވައިފިއެވެ.
އެކަން އިއުލާން ކުރައްވައި ހަސަން ލަތީފު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހުރިހާ ޑިމޮކްރެޓުންގެ ތާއީދު އޭނާއަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ޑިމޮކްރެޓްސްގެ ރައީސްއާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
- ރައީސް
- ނާއިބު ރައީސް (އާއްމު)
- ނައިބު ރައީސް (އަންހެން)
- ނައިބު ރައީސް (ޅަޒުވާން)
- ވިމެންސް ޑިމޮކްރެޓްސް ލީޑަރު
- ޔަންގް ޑިމޮކްރެޓްސް ލީޑަރު
- ޕާޓީގެ އަތޮޅު ރައީސް
- އަތޮޅު ނައިބު ރައީސް
- އަތޮޅު ވިމެންސް ޑިމޮކްރެޓްސް ލީޑަރު
- އަތޮޅޫ ޔަންގް ޑިމޮކްރެޓްސް ލީޑަރު.
- ޕާޓީގެ ސިޓީ ރައީސް
- ޕާޓީގެ ސިޓީގެ ނާއިބު ރައީސް
- ސިޓީ ވިމެންސް ޑިމޮކްރެޓްސް ލީޑަރު
- ސިޓީ ޔަންގް ޑިމޮކްރެޓްސް ލީޑަރު
- ޕާޓީގެ ރަށު ރައީސް
- ރަށު ނާއިބު ރައީސް
- ރަށު ވިމެންސް ޑިމޮކްރެޓްސް ލީޑަރު
- ރަށު ޔަންގް ޑިމޮކްރެޓްސް ލީޑަރު
- ސިޓީ ދާއިރާގެ ރައީސް
- ސިޓީ ދާއިރާގެ ނާއިބު ރައީސް
- ސިޓީ ދާއިރާގެ ވިމެންސް ޑިމޮކްރެޓްސް ލީޑަރު
- ސިޓީ ދާއިރާ ޔަންގ ޑިމޮކްރެޓްސް ލީޑަރު
މީގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް އާއި ކައުންސިލް ޖެނެރަލް އާއި ރަޖިސްޓްރާ ޖެނެރަލް އާއި ސްކޯކްސްޕާސަން އައްޔަން ކުރާނީ ޕާޓީގެ ރައީސް ޕާޓީގެ ނެޝަނަލް އެސެމްބްލީއަށް ނަމެއް ހުށަހަޅައި ރުހުން ހޯދައިގެންނެވެ. އަދި ޕާޓީގެ މާލީ ޒިންމާދާރު ވެރިޔާ އައްޔަން ކުރާނީ ސެކްރެޓަރީ ޖެނެރަލްއެވެ.
އެ އިންތިހާބުގެ މަގާމުތަކަށް ފޯމު ބަލައިގަތުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 10:00 އަކާއި ހަމައަށް އޮންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު