ދިރާގުން ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް 100،000 ރުފިޔާގެ އެހީއެއް ދީފިއެވެ.
ދިރާގުން މިއަދު ބުނީ އެ ކުންފުނިން ވަނީ ގާޒާ ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މޯލްޑިވްސްއާ އެކު މަސައްކަތް ފަށާފައި ކަމަށެވެ. އެގޮތުން ގާޒާގެ ފަންޑަށް ފައިސާ ޖަމާކުރުމަށް ހާއްސަ އީ ވޮލެޓެއް ތައާރަފު ކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ގާޒާ ފަންޑަށް 100،000 ރުފިޔާގެ އެހީ ދީފައިވަނީ އެ ޑިޖިޓަލް ވޮލެޓުން ކަމަށާއި އާންމުންނަށް ވެސް އެ ވޮލެޓް ބޭނުން ކޮށްގެން ގާޒާ ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ވޮލެޓަށް ހަދިޔާކުރާ ހުރިހާ ފައިސާއެއް ދިނުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގައި އައިއޭސީއިން ކުރިއަށްގެންދާ އިންސާނީ މަސައްކަތަށް ކަމަށް ދިރާގުން ބުންޏެވެ.
ކިއުއާރް ކޯޑް ސްކޭންކޮށްލައިގެން ނުވަތަ ދިރާގުޕޭ އެޕްގެ މާޗަންޓް ކޯޑަކަށް 7266 ޖަހާލައިގެން އެ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު