ނަފުސާނީ ދުޅަހެޔޮކަން އަވަހަށް ދެނެގަނެ، ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ހޯދުމުގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމދު ވިދާޅުވެއްޖެއެވެ.

ފަޒުނާ އެހެން ވިދާޅުވީ، ނެޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުގެ ފަރާތުން ބާއްވާ "އޮއެވަރު މެންޓަލް ހެލްތް ކޮންފަރެންސް" ފެށުމަށް މިއަދު ނޯޓިކާ ވިލާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަށް އެހީވުމުގެ ގާބިލުކަން އިތުރުކޮށް، ނަފުސާނީ ދުޅަހެޔޮކަން އަވަހަށް ދެނެގަނެ، ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ހޯދުމުގެ ގާބިލުކަން މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށެވެ. އަދި މުޖުތަމައު ތެރޭގައި މިހާރަށްވުރެ ބޮޑަށް ނަފުސާނީ ދުޅަހެޔޮ ކަމަށް އެއްބާރުލުން އިތުރުކުރަންޖެހޭ ކަމަށާއި އެކަކު އަނެކަކުގެ ތަޖުރިބާއިން ދަސްކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ނަފުސާނީ ދުޅަހެޔޮ ކަމަކީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސް ކަމަށާއި އެއީ ސެކަންޑަރީ ކަންބޮޑުވުމެއް ނޫން ކަމަށެވެ.