ޗައިނާއިން ރާއްޖޭގެ އެތެރޭގެ ކަންކަމަކާ ނުބެހޭ ކަމަށާއި އެގައުމުގެ ފޮރިން ޕޮލިސީ ރަނގަޅު ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބޭރުގެ ނޫހަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި އަލް ޖަޒީރާއާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޗައިނާއިގެ ޕޮލިސީ ރާއްޖެ އާއި އެހެން ގައުމުތަކަށް އެ އޮންނަނީ އޮންނަން ޖެހޭ ގޮތަށް ކަމަށެވެ. އެގޮތުން، ޗައިނާއިން ރާއްޖޭގެ އެތެރޭގެ ކަންކަމަކާ ނުބެހޭ ކަމަށް މުއއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ހުރިހާ ގައުމަކާވެސް ރަނގަޅު ގުޅުމެއް ގާއިމު ކުރަން ބޭނުންފުޅުވާ ކަމަށެވެ. ރާއްޖެއަށް އެންމެ ފުރިހަމަ ފައިދާ ވާނީ އޭރުން ކަމަށާއި ގައުމުތަކާއެކު އޮންނަން ވާނީ ދެ ގައުމަށްވެސް އެއްވަރަކަށް ފައިދާވާ ފަދަ ޕޮލިސީއެއް ކަމަށެވެ.
އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މި ދައުރު ނޫން އެހެން ހުރިހާ ދައުރެއްގައިވެސް ޗައިނާއިން ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ޗައިނާގެ އެހީގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ބޮޑު އެހީތަކެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
މުއިއްޒުގެ ދައުރަކީ ޗައިނާއަށް ބަރޯސާވެފައި އޮންނާނެ ވެރިކަމެއް ކަމަށް ދެކެވޭ ވާހަކަތަކަށް އަލިއަޅުވާލައި ކުރި ސުވަލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ.
"އަޅުގަނޑުގެ ޕޮލިސީއަކީ ޕްރޯ މޯލްޑިވްސް ޕޮލިސީއެއް. އެއްވެސް ގައުމެއް ހިތްހަމަޖައްސައިދިނުމަށް އެ ގައުމަކަށް ބަރޯސާއެއް ނުވާނަން. އެންމެ ފުރަތަމަ އިސްކަންދޭނީ ރާއްޖޭގެ ގައުމީ މަސްލަހަތު ރައްކާތެރި ކުރުމަށް" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ޕޮލިސީއަށް އިހުތިރާމުކުރާ ކޮންމެ ގައުމެއްވެސް ވާނީ ރާއްޖޭގެ ރަހުމަތްތެރިއަކަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު