ފަލަސްތީންގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން، އަމިއްލަ ޖަމިއްޔާތަކުން އިސްނަގައިގެން މާދަމާ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ގާޒާއިން މިހާތަނަށް 1،400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 7000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި އިސްރާ އެސޯސިއޭޝް އަދިވެސް އެހެން ބައެެއް ޖަމިއްޔާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ޖަމިއްޔާތަކުން ބުނީ، ފަލަސްތީނާއެކުގައި ދިވެހިން ތިބިކަން ދައްކުވައިދިނުމަށް މާދަމާ ހަވީރު، އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ އެއްވުން އޮންނާނީ މާދަމާ ހަވީރު 4:00 ޖަހާއިރު އާޓިފިޝަލް ބީޗުގައި ކަމަށެވެ.
ފަލަސްތީނާ އެކުގައި ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައިވެސް އެކިއެކި ހަރަކާތްތައް މާދަމާ ހިންގުމަށް ވަނީ ހަމަޖައްސައިފައެވެ.
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލުންނަށް އެހީވުމަށް އައިއޭސީން ވަނީ ފަންޑެއްވެސް ހުޅުވާފައެވެ. އެ ފަންޑަށް މިހާތަނަށް ވަނީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު