މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސަޓާ) ގައި ރާއްޖެއަށް 31 އެވޯޑެއް ލިބިއްޖެއެވެ.
މިއަހަރުގެ ސަޓާ އެވޯޑް ނައިޓް ބާއްވާފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ސެރެޓަލް ގްރޭންޑް ހޮޓަލުގައި މި މަހުގެ 9 އިން 10 އަށެވެ.
ސަޓާ އެވޯޑްސްގައި، ރާއްޖޭގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ޓްރެވެލް އެންޑް ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
ސަޓާ އެވޯޑްސްއަކީ، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގައުމުތައް ހިމެނޭ ގޮތަށް 18 ފަރާތަކުން އެންޑޯޒްކޮށްފައިވާ އެވޯޑެކެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޓާޓޯއާއި އެމްއެމްޕީއާރްސީ އާއި އެންބީއޭއެމް ހިމެނެއެވެ.
ސަޓާ އެވޯޑްސްގައި ރާއްޖެއަށް ވަނީ 17 ސިލްވާ އެވޯޑް އަދި 14 ގޯލްޑް އެވޯޑް ލިބިފައެވެ.
- ލީޑިން އެޑްވެންޗާ/ ސްޕޯޓްސް ޓުއާ އޮޕަރޭޓަރު - ބެސްޓް ޑައިވް ޕްރައިވެޓް ލިމިޓެޑް (ސިލްވާ)
- ލީޑިން އޯލް އިންކްލޫސިވް ރިސޯޓު- ސަން ސިޔާމް އިރުފުށި (ގޯލްޑް)
- ލީޑިން ބީޗް ރިސޯޓް- އަމިއްލަ މޯލްޑިވްސް ރިސޯޓްސް އެންޑް ރެސިޑެންސް (ގޯލްޑް)
- ލީޑިން ބޮޓިކޭ ހޮޓަލް/ރިސޯޓު- ރެވެރީސް މޯލްޑިވްސް (ސިލްވާ)
- ލީޑިން ބިޒްނަސް ހޮޓަލް- މާގިރި ހޮޓަލް (ސިލްވާ)
- ލީޑިން ކްރޫސިން ޓްރެވެލް އެޖެންޓް- މޯލްޑިވްސް ހޮލިޑޭ ކަލެކްޝަން ޕްރައިވެޓް ލިމިޓެޑް (ސިލްވާ)
- ލީޑިން ޑިޒައިނާ ރިސޯޓް/ ހޮޓެލް- ކޮކޫން މޯލްޑިވްސް (ގޯލްޑް)
- ލީޑިން ޑައިވް ސެންޓަރ/ ބްރޭންޑް- ޑައިވް ޕޮއިންޓް މޯލްޑިވްސް (ގޯލްޑް)
- ލީޑިން ޑައިވް ރިސޯޓު- އަދާރަން ސެލެކްޓް މީދުއްޕަރު (ގޯލްޑް)
- ލީޑިން އިކޯ ފްރެންޑްލީ ރިސޯޓު- ސަމާ އައިލެންޑް މޯލްޑިވްސް (ސިލްވާ)
- ލީޑިން އެފްއެންބީ ހޮޓެލް/ރިސޯޓު- ލަކްސް، ސައުތު އަރި އެޓޯލް (ސިލްވާ)
- ލީޑިން ފެމިލީ ރިސޯޓު- ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް (ގޯލްޑް)
- ލީޑިން ފައިން ޑައިނިން އައުޓްލެޓް އިން ހޮޓެލް/ރިސޯޓް- ޔޫ އެންޑް މީ މޯލްޑިވްސް (ސިލްވާ)
- ލީޑިން ފްލޯޓިން ލަގްޒަރީ ކްރޫސް/ސަފާރީ- ސީ ޕްލެޝާ (ގޯލްޑް)
- ލީޑިން ޖީއެސްއޭ- އޭސީއީ އޭވިއޭޝަން ސާވިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ގޯލްޑް)
- ލީޑިން ހެރިޓޭޖް ހޮޓެލް/ރިސޯޓް- އިކުއޭޓާ ވިލެޖު (ސިލްވާ)
- ލީޑިން ލިވަބޯޑް ބްރޭންޑް- ވޮޔޭޖެސް މޯލްޑިވްސް (ގޯލްޑް)
- ލީޑިން ލަގްޒަރީ ހޮޓެލް/ރިސޯޓް- ހާޑް ރޮކް ހޮޓެލް މޯލްޑިވްސް (ސިލްވާ)
- ލީޑިން މީޓިން އެންޑް ކޮންފަރެންސް ހޮޓެލް/ރިސޯޓް- ކްރޮސްރޯޑްސް މޯލްޑިވްސް (ސިލްވާ)
- ލީޑިން ޕީއެސްއޭ- ވޮޔޭޖަސް މޯލްޑިވްސް (ގޯލްޑް)
- ލީޑިން ރިސޯޓް/ ހޮޓެލް ބްރޭންޑް- އައިޓެކެން ސެޕެންސް ހޮޓެލްސް (ގޯލްޑް)
- ލީޑިން ސުޕަވިޝަން އެޖެންޑް- އަވިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސިލްވާ)
- ލީޑިން ސާފް ހޮޓެލް/ރިސޯޓް- ސިނެމޮން ދޮންވެލި މޯލްޑިވްސް (ގޯލްޑް)
- ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ (އެއާ)- ޓްރާންސް މޯލްޑިވިއަން އެއާވޭސް (ގޯލްޑް)
- ލީޑިން ޓްރެވެލެ އެޖެންޓް (އިންބައުންޑް)- ކެޕިޓަލް ޓްރެވެލް މޯލްޑިވްސް (ސިލްވާ)
- ލީޑިން ޓްރެވެލް އެޖެންޓް (އައުޓްބައުންޑް)- އޭސީއީ ޓްރެވެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ގޯލްޑް)
- ލީޑިން ވެޑިން ހޮޓެލް/ރިސޯޓް- ކްރޮސްރޯޑްސް މޯލްޑިވްސް (ސިލްވާ)
- ލީޑިން ޔޮޓް މެރީނާ ހޮޓެލް/ރިސޯޓް- ކްރޮސްރޯޑްސް މޯލްޑިވްސް (ގޯލްޑް)
- މޮސްޓް ރޮމޭންޓިކް ރިސޯޓް- ޔޫ އެންޑް މީ މޯލްޑިވްސް (ސިލްވާ)
- ނިޝާން ސެނެވިރާޓެން ބެސްޓް ސީއެސްއާރް ޕްރޮގްރާމް- ޑުސިޓް ތާނީ މޯލްޑިވްސް (ސިލްވާ)
ސަޓާ އެެވޯޑްސްގައި ލީޑިން ބީޗް ޑެސްޓިނޭޝަންގެ ދާއިރާއިން ރާއްޖެއަށް ވަނީ ގޯލްޑް އެވޯޑް ދީފައެވެ.
މީގެ އިތުރުން ދެކުނު އޭޝިއާގެ ޓޫރިޒަމް ސިނާއަތުގެ ފޭސްގެ ގޮތުގައި ސަޓާއިން ހޮވާފައިވާ ހަތަރު މީހުންގެ ތެރޭގައި ރާއްޖޭގެ މުހައްމަދު އަލީ ޖަނާހާއި އެމްޔޫ އުމަރު މަނިކް ހިމެނެއެވެ.
ޚަބަރު
ޚަބަރު