އިޒްރޭލުގެ 300،000 ސިފައިން ގާޒާ ބޯޑަރު ކައިރިއަށް ޖަމާވެއްޖެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން އެކްސްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި އެ އަސްކަރިއްޔާގެ ތަރުޖަމާނު ޖޮނަތަން ކޮންރިކަސް ބުނީ އިސްރާއީލުގެ 300،000 ސިފައިން މިހާރު ގާޒާ ބޯޑަރު ކައިރިއަށް ޖަމާވެފައިވާ ކަމަށެވެ.

އަދި އެ ސިފައިން ބޯޑަރު ކައިރިއަށް ޖަމާވީ އިޒްރޭލުގެ ސަރުކާރުގެ މިޝަން ތަންފީޒުކުރަން ކަމަށާއި އެ މިޝަނަކީ ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ރައްޔިތުންނަށް ބިރުދައްކައި، ހަމަލާ ނުދެވޭނެކަން ކަށަވަރު ކުރުން ކަމުގައި ބުންޏެވެ.

އިޒްރޭލުން މިހާތަނަށް 1،200 މީހުން މަރުވެފައިވާ އިރު، 2،700 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ގާޒާއިން 900 މީހުން މަރުވެފައިވާ އިރު، 4،500 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ.

ހަމާސް އާއި އިޒްރޭލުގެ ހަނގުރާމައަށް ހަތަރު ދުވަސް ވެފައިވާ އިރު، އިޒްރޭލުން ދަނީ ހުއްޓުމެއް ނެތި ގާޒާއަށް ހަމަލާ ދެމުންނެވެ. އަދި ހަނގުރާމައިގައި ބޭނުން ކުރުން މަނާ ކެމިކަލެއް ކަމަށްވާ ވައިޓް ފޮސްފަރަސްވެސް ބޭނުންކުރަމުންދާ ކަމަށް ބޭރުގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.