ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑީޔާރާއި ފަނޑިޔާރުންނަށް ހާއްސަ ގައުނެއް އެ ކޯޓުން ތައާރަފްކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ގައުން ތައާރަފް ކުރެވުމާއެކު ކޯޓުގެ އަޑުއެހުންތަކާއި ހާއްސަ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން ތިއްބަވާނީ އެ ގައުން ތުރުކުރައްވައިގެން ކަމަށެވެ.
އެ ގައުން ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި އިސްލާމީވަންތަކަން އަދި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ހާއްސަ ކަންތައްތަކެއް ހިމަނައިގެން ކަމަށް އެ ކޯޓުން ބުންޏެވެ. އެގޮތުން ގައުންގައި ރަންކުލައިން އަޅާފައިވާ ފަރުމާއަކީ ހުކުރު މިސްކިތުގެ ހިރިގަލުގެ މސައްކަތް އަސްލަކަށް ބަލައިގެން ހަދާފައިވާ ބައެއް ކަމަށާއި އެބައިން ދޭހަވަނީ ރާއްޖޭގެ އިސްލާމީ ތާރީހު ކަމަށް ބުންޏެވެ.
އަދި ހަމަ އެ ފަރުމާގައި ކުރަހާފައިވާ ތިލަފަތާއި ތިން ތަރިން ދޭހަކޮށްދެނީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަމަށް ބުންޏެވެ.
އެކްސްގައި ކޮށްފައިވާ ޕޯސްޓާއެކު ސުޕްރީމް ކޯޓުން ވަނީ އެ ގައުންގެ ޑިޒައިނާއި އެ ޑިޒައިންގެ ތަފްސީލު ދައްކުވައިދޭ ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު