އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ މި ދަނޑިވަޅަކީ މުޅި މުސްލިމް އުންމަތް އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން އެހެން ވިދާޅުވީ އެކްސްގައި ކުރި ޓްވީޓެއްގައެވެ. އިމްރާން މިހެން ވިދާޅުވެފައި ވަނީ ގާޒާއަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
"ފަރުދީ ތަފާތު ތަކާ މަސްލަހަތުތައް އެއްފަރާތް ކޮށްގެން މެނުވީ އުންމަތުގެ ކަރާމަތާއި، ޝަރަފާ، އިއްޒަތް ސަލާމަތްވާނެ ހަމަ އެއްގޮތެއްވެސް ނެތެވެ." އިމްރާން ވިދާޅުވިއެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދުގެ ހަނގުރާމަ ފެށުމާ ގުޅިގެން މީގެ ކުރިންވެސް އިމްރާން އެކްސްގައި ޕޯސްޓެއް ހިއްސާކޮށްފައި ވެއެވެ. އެގޮތުން އިމްރާން ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ މުޅި އުންމަތާ ގުޅުންހުރި މައްސަލައެއް ކަމަށެވެ.
އަދި ފަލަސްތީނުގެ ރައްޔިތުން ހާލުގައި ޖެހި، މަރުވާން ދޫކޮށްލާފައި ބަލަހައްޓައިގެން ތިބުމަކީ މުއުމިނުންގެ ހިތައް ކުޅަދާނަ ކަމެއް ނޫންކަމަށް ވިދާޅުވެ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބާރުއަޅުއްވާފައިވެއެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ގާޒާއިން މިހާތަނަށް 700 އަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އިޒްރޭލުން 900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު