ޕެރިޝަބަލް ގުޑްސް ނުވަތަ ފަސޭހައިން ހަލާކުވާ މުދާ ރާއްޖެއަށް އެތެރެކުރާ މިންވަރު ދަށްވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެ ކުންފުނިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު 4،384 ކޮންޓެއިނަރުގެ ފަސޭހައިން ހަލާކުވާ ބާވަތުގެ މުދާ ކްލިއާކޮށްފައެވެ. އެއީ 20 ފޫޓުގެ 2،608 ކޮންޓެއިނަރާއި 40 ފޫޓުގެ 1،776 ކޮންޓެއިނަރު ކަމަށް އެމްޕީއެލުން ބުންޏެވެ. އެއީ ދުވާލަކު އެވްރެޖު ގޮތެއްގައި 146 ކޮންޓެއިނަރެވެ.
ތަފާސްހިސާބުގައިވާ ގޮތުން އެ އަދަދަކީ އޮގަސްޓު މަހާ އަޅައި ބަލާއިރު ހަ ޕަސަންޓު ދަށް އަދަދެއް ކަމަށެވެ. އެމްޕީއެލްއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އޮގަސްޓު މަހުގެ ދުވާލަކު ވަނީ 156 ކޮންޓެއިނަރުގެ ފަސޭހައިން ހަލާކުވާ ޒާތުގެ މުދާ ކްލެއާކޮށްފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އެތެރެކުރި ބަރަބޯ، އަލުވި އަދި ބިހުގެ އަދަދު ވެސް ވަނީ އޮގަސްޓު މަހާ އަޅައި ބަލާއިރު ދަށްވެފައެވެ. އޮގަސްޓު މަހާ އަޅައި ބަލާއިރު ސެޕްޓެމްބަރު މަހު ފިޔާ އެތެރެކޮށްފައިވާ މިންވަރު 32 ޕަސެންޓު ދަށްވެފައިވާ އިރު، އަލަނާސި އެތެރެކޮށްފައިވާ މިންވަރު ވަނީ 25 ޕަސެންޓު ދަށްވެފައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ކެބެޖު އަދި ދޮންކެޔޮ އިމްޕޯޓު ކުރި މިންވަރު 14 ޕަސަންޓު ދަށްވި އިރު ކަރާ އިމްޕޯޓު ކުރި މިންވަރު ވަނީ ފަސް ޕަސަންޓަށް ދަށްވެފައި ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި