އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފަލަސްތީނަށް އެހީތެރުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫން ބުނީ، އެމް-ފައިސާ މެދުވެރިކޮށް ޕަލަސްތީނަށްވާ އެހީ އެ ގައުމަށް ފޮނުވާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ކަމަށެވެ.
އެމް-ފައިސާ މެދުވެރިކޮށް އެހީ ފޮނުވާނެ ގޮތް:
- 1- އެމްފައިސާއަށް ލޮގިންވުން
- 2- ސްމާޓް ޕޭއަށް ދިއުމަށްފަހު ކިއުއާރް ކޯޑް ސްކޭން ކުރުން ނުވަތަ މާޗަންޓް ނަންބަރު ޖެހުން
- 3- އެހީގެ ގޮތުގައި ފޮނުވަން ބޭނުންވާ އަދަދު ޖެހުމަށްފަހު، ޕޭމަންޓް ޔަގީންކުރުން
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން 400 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 2،300 މީހަކު ވަނީ ޒަހަމްވެފައެވެ.
އދ. އިން ބުނެފައިވާ ގޮތުގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 123،000 އަށްވުރެ ގިނަ މީހުން މަގުމަތިވެފައިވެއެވެ. އަދި ރައްކާތެރިކަން ހޯދުމަށް ގިނަ ބަޔަކު ސްކޫލުތަކަށް ޖަމާވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު