އިޒްރޭލަށް އެހީވުމަށް އެމެރިކާއިން މިލިޓަރީ އެހީ ފޮނުވައިފިއެވެ.
އިޒްރާއީލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވެ ހަނގުރާމަ އިއުލާންކޮށް، ދެ ފަރާތުގެ ދެމެދު ހަމަލާތައް ފަށާފައިވާ އިރު، އެމެރިކާއިން ވަނީ އިޒްރޭލާއެކު ތިބި ކަމަށް ބުނެ އެގައުމަށް މިލިޓަރީ އެހީ ފޮނުވައިފައެވެ.
ވައިޓްހައުސް އިން ވަނީ އެމެރިކާގެ ރައީސް ޖޯބައިޑަން އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށްފަހު އިޒްރޭލަށް މިލިޓަރީ އެހީ ފޮނުވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
އެމެރިކާއިން ވަނީ ފައިޓާ ޖެޓުތަކާއި އެއާކްރާފްޓް ކެރިއާއެއްގެ އިތުރުން އެހެނިހެން މިލިޓަރީ އާލާތްތައް އިޒްރޭލަށް ފޮނުވުމަށް ނިންމައިފައެވެ.
ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި އިޒްރޭލުގައި ހަރަކާތްތެރިވާ އެމެރިކާ ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ އިރު، އެގައުމުން ދަނީ އެކަން އިތުރަށް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިޒްރޭލުން ވަނީ މިހާތަނަށް އެގައުމުގެ 700 އަށްވުރެން ގިނަ މީހުން މަރުވެ 100 އަށްވުރެން ގިނަ މީހުން ފަލަސްތީނުގައި ރަހީނުކޮށްފައިވާ ކަމަށް ބުނެފައެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 413 މީހުން ޝަހީދުވެފައިވާ ކަމަށް އެގައުމުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ