ތައިލެންޑުގެ ބޭންކޮކުގެ މޯލެއްގައި ބަޑިޖެހީ ނަފުސާނީ މައްސަލަ ހުންނަ ކުއްޖެއް ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ސިއާމް ޕެރަގަންގަ އެވެ.
ތައިލެންޑުގެ ބެންކޮކްގައި ހުންނަ އެންމެ ބާރުބޮޑު އެއް މޯލްގައި ބަޑިޖަހުމުގެ ހާދިސާގައި ދެ މީހަކު މަރުވެފައިވާ އިރު، އިތުރު ފަސް މީހަކު ޒަހަމްވެފައިވެއެވެ.
މި ހާދިސާގައި ބަޑި ޖަހާފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށް ތައި ފުލުހުން ބުނެއެވެ. ހާދިސާ ހިނގުމާއެކު ފުލުހުން ވަނީ އެ ކުއްޖާ ހައްޔަރުކޮށްފައެވެ.
މީޑިއާއަށް މައުލޫމާތު ދެމުން ތައިލެންޑުގެ ފުލުހުން ވަނީ އެ ކުއްޖާއަކީ ނަފުސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެއް ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ އެ ފަރުވާގައި ދީފައިވާ ބޭސް ބޭނުން ނުކުރާކަމަށް ފުލުހުން ބުނެއެވެ.
ތައި ފުލުހުން ވަނީ އޭނާ ބޭނުންކޮށްފައި ވަނީ މޮޑިފައި ކޮށްފައިވާ ބަޑިއެއް ކަމަށް ބުނެފައެވެ. ފުލުހުންގެ ތަހުގީގު ޓީމުތަކުން މިހާރު އަންނަނީ ހައްޔަރުކުރި ކުއްޖާއާ ގުޅޭ އިތުރު މައުލޫމާތުތައް ހޯދަމުން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގި މޯލަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮސްއުޅޭ، ބެންކޮކުގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު މޯލްތަކުގެ ތެރޭގައި ހިމެނޭ އެއް މޯލެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ