ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" މިއަދު އިއުލާނުކޮށްފި އެވެ.
މި މަހުގެ 19 އިން 21 އަށް އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށްވެސް އެކަށީގެންވާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އުރީދޫ ނޭޝަން ގޭމާސް ލޭންޑް ގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ފައިނަލް މެޗުތަކުގެއިތުރުން ރޭސިން ސިމް، ފީފާ، ކޮސްޕްލޭ އަދި ޓެކަން ޓޯނަމެންޓް ހިމެނެއެވެ.
ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާއެކު "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު އެއްވުމަކަށެވެ. މަޖާ އަދި ވާދަވެރި މަގުބޫލް ގޭމުތަކުގެ މުބާރާތްތަކާއި ތަފާތު އެކި ގޭމު ކުޅުމުގެ ތަޖުރިބާ އާއި ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް މި އިވެންޓްގައި ކުރިއަށްދާނެއެވެ.
އޭގެތެރޭގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ (އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލް) އަކާއެކު ކުރިއަށްދާނެއެވެ. އަދި 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމެއް ފައިނަލްގައި އެއްލައްކަ ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލަށް އަށް ވާދަކުރާނެއެވެ.
އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ގްރޭންޑް ފައިނަލްގެ އިތުރުން މި ފެސްޓިވަލްގައި ތަފާތު މުބާރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. ރަޖިސްޓާ ކުރުމުގު ތަފްސީލް އުރީދޫ ނޭޝަން ވެބްސައިޓާއި، އުރީދޫ ނޭޝަން ގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާ ކުރާނެ އެވެ. މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ:
• 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
• 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް
• 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް
• 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް
ގެމާސް ލޭންޑަކީ ހަމައެކަނި މުބާރާތްތަކަށްވުރެ ބޮޑު ފެސްޓިވަލެކެވެ. ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި އެންމެ ފަހުގެ ވީޑިއޯ ގޭމްތައް ތަޖުރިބާކުރުމުގެ އިތުރުން ޖަސްޓް ޑާންސްއަށް ރައްޓެހިންނާއެކު ނަށާލުމާއި ތްރޯ ދަ ހޫޕް ފަދަ ފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ދާނެއެވެ. ކިޑްސް އެރީނާގައި ޒުވާން ގޭމް ކުޅޭ ކުދިންނަށްވެސް މަޖާ ގޭމްތަކާއި ޔޫވީ ފޭސް ޕެއިންޓިން ފަދަ ހަރަކާތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން ފޮޓޯ ބޫތުތަކުގައި އުރީދޫ ނޭޝަން ގޭމް ފެސްޓިވަލް ހަދާނީ ފޮޓޯތައްވެސް ނަގާލެވިދާނެއެވެ.
އުރީދޫ ނޭޝަން - ގޭމާސް ލޭންޑް އާއި ބެހޭ އިތުރު މައުލޫމާތް އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާއިން ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު