ނިއުޔޯކްގައި ފެންބޮޑުވެ ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.

ނިއު ޔޯކުގެ ގަވަރުނަރު ކެތީ ހޯޗުލް އެ ހާލަތު އިއުލާން ކުރެއްވީ އެ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ހާދިސާތަކެއް ހިނގައި އާންމު ދިރިއުޅުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާތީއެވެ. އެގޮތުން ނިއު ޔޯކްގެ ގިނަ ސަބްވޭތަކާއި ބޮޑެތި މަގުތައް ފެންބޮޑުވެފައިވާއިރު އެ ސިޓީގައި ހުންނަ ލަގުއާޑިއާ އެއާޕޯޓް ވަނީ ބަންދުކޮށްފައެވެ.

ނިއު ޔޯކަށް 20 ސެންޓި މީޓަރަށް ވާރޭވެހި ފެންބޮޑުވެފައިވާއިރު އާންމު ދަތުރުފަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރިވެ ތިބުމަށް ވަނީ އެދިފައެވެ.

އެ ސިޓީގެ މޫސުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރަނގަޅުވާނެ ކަމަށް ކަމާބެހޭ އިދާރާއިން ބުނެއެވެ.