ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފިއެވެ.
ބީއެމްއެލުން ބުނީ، ކޮމިޔުޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ދިހަ ޕްރޮޖެކްޓް ހޮވާފައިވާ ކަމަށެވެ. އެ ދިހަ ޕްރޮޖެކްޓަކީ:
- ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް - ދަ ރީޑިންގ ރޫމް، ކ. ހުޅުމާލެ
- ސައުންޑް ސިސްޓަމްއެއް ގާއިމްކުރުން - ތުޅާދޫ ސްޕޯޓްސް ކްލަބް، ބ. ތުޅާދޫ
- އައަޓްޑޯ ބީޗް ޝަވާ އޭރިއާ - ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް، ހދ. ނޮޅިވަރަންފަރު
- ކޮމިއުނިޓީ ޕްރޮގްރާމްސް - ފީނާ އެކަޑަމީ، ހއ. ދިއްދޫ
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް - ނާދިލް މުތައްހިދީން، ށ. މަރޮށި
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް - ކަޒިންސް ޔުނިޓީ ޓުވާރޑްސް އެމްޕަވަމަންޓް، ރ. އަނގޮޅިޓީމު
- ވިންސިއާ ފުޓްބޯލް ޓްރެއިނިން ޕްރޮގްރާމް - ވިންސިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ތ. ގުރައިދޫ
- ސްމާޓް ސްކޫލް ސިސްޓަމްސް ހަރުކުރުން - މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަރމަންޓް ނެޓްވޯކް، ލ. ގަން
- ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް - އިހަވަންދޫ މަސްވެރިންގެ ގުޅުން، ހއ. އިހަވަންދޫ
- އަންހެނުންނަށް ހާއްސަ ޕްރޮގްރާމް - އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާރސް، ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫ
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ބީއެމްއެލުން ވަނީ ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު