ޓައިވާނުގެ ގޮލްފް ފެކްޓްރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު މަރުވެ 10 މީހުން ގެއްލިއްޖެއެވެ.
ޓައިވާނުގެ ދެކުނުން އޮންނަ ސިޓީއެއްގައި ގޮލްފު ކުޅޭ ސާމާނު އުފައްދާ ފެކްޓްރީގައި އަލިފާން ރޯވި ވަގުތު ބާރުގަދަ ގޮވުމުގެ އަޑެއްވެސް އިވިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ޓައިވާނުގެ ފަޔާ ޑިޕާޓްމަންޓުން ވަނީ އަލިފާން ރޯވުމާއެކު ޓިމުތައް ފޮނުވައި އަލިފާންގަނޑު ނިންވާލާފައެވެ. އިއްޔެ ހިނގި އެ ހާދިސާގެ ސަބަބުން އެ ފެކްޓްރީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގުމާއެކު އެކި ވަރުގެ އަނިޔާވެގެން 100 އަށްވުރެން ގިނަ މީހުން ހޮސްޕިޓަލުތަކަށް ގެންގޮސް ފަރުވާދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އަދި ގެއްލުނު 10 މީހުން ހޯދުމުގެ މަސައްކަތް ފަޔާ ޑިޕާޓްމަންޓުން ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ