އެމްޓީސީސީ އިން މ. އަތޮޅުގައި ދެމުން އައި ފެރީ ހިދުމަތް އިތުރަށް ފުޅާކޮށް، ސްޕީޑް ފެރީ ހިދުމަތް މިއަދު ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މި ލޯންޗްތަކަކީ 45 ފަސެންޖަރުންގެ ޖާގައިގެ އުޅަނދުތަކެއް ކަމަށެވެ.
މި ފެރީގެ ހިދުމަތް ހަފުތާއަކު ތިން ދުވަހު މ. އަތޮޅުގެ ހުރިހާ ރަށަކަށް ލިބިގެންދާނެއެވެ. އަދި ސްޕީޑް ފެރީ ހިދުމަތުގެ ޝެޑިއުލް އެމްޓީސީސީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސްޕީޑް ފެރީގެ ދަތުރުތައް ކޮށްދޭނީ ހިލޭ ކަމަށެވެ. ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ދަތުރަށް ޖާގަ ހޯދުމަށް ގުޅަން ޖެހެނީ އެމްޓީސީސީގެ ނަންބަރު 7955508 އަށެވެ.
އެމްޓީސީސީން ބުނީ އޭގެ މަގުސަދަކީ ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް, އެ ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދީ އަދި ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށްވެސް ބުންޏެވެ.
އެމްޓީސީސީން ބުނީ, ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާއެކު ހިދުމަތް ދިނުމަށް ތައްޔާރު ކޮށްފައިވާ ވެބްސައިޓް stl.mtcc.mv އޮންލައިންކޮށް ޓިކެޓް ނެގޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު