އިންޑިއާގެ "ޗަންދްރަޔާން 3" ގެ ދިރާސާކުރާ އުޅަނދު ހަނދުގެ ފަށަލައިގައި ދުއްވަން ފަށައިފިއެވެ.
އިންޑިއާއިން "ޗަންދްރަޔާން 3"އިން ހަނދުގެ ފަށަލައަށް ބުދަދުވަހު ތިރިކޮށްފައިވަނީ ވިކްރަމް ނަމަކަށް ކިޔާ އުޅަނދެކެވެ. އެއަށްފަހު "ޗަންދްރަޔާން 3"ގެ ދިރާސާކުރާ އުޅަނދު ހަނދަށް ތިރިކޮށް ހަނދުގެ ފަށަލާގައި ދުއްވަން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ވަނީ "ޗަންދްރަޔާން 3" ގެ ސިގްނަލް ލިބުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެފައެވެ. އަދި ހަނދުގެ ފަށަލައިގައި ދުއްވަން ފަށާފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ސައްބީސް ކިލޯ ބަރުދަނުގައި ހުންނަ "ޗަންދްރަޔާން 3" ގެ ދިރާސާކުރާ އުޅަނދު ހަނދުގެ ފަށަލައިން ސާމްޕަލް ނަގައި ދިރާސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ހަނދުގެ ކުރީގެ ހޯދުންތަކުން ހަނދުގައި ފެންހުރި ކަމަށް ބެލެވޭ ހަނދުގެ ދެކުނު ތަނޑީގައި ފެންހުރިކަން ޔަގީންކުރުމަށް ހާއްސަ ދިރާސާއެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން "ޗަންދްރަޔާން 3"ގެ ދިރާސާ ކުރާ އުޅަނދު ހަނދުގައި ދަތުރުކުރަމުން ލިބޭ މައުލޫމާތާއި ފޮޓޯ ވިކްރަމްމެދުވެރިކޮށް ހަނދުގެ ވަށައިގެން ބުރުޖަހާ "ޗަންދްރަޔާން 3"ގެ މައި އުޅަނދަށް ފޮނުވާނެއެވެ. އިންޑިއާގައި ހުންނަ މައި އިދާރާއަށް މެސެޖް ފޮނުވާނީ ހަނދުގެ ވަށައިގެން ބުރުޖަހާ "ޗަންދްރަޔާން 3"ގެ މައި އުޅަނދުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ