އިންޑިއާގެ ''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރާނެ ރައްކާތެރި ދިމާލެއް ހޯދަންފަށައިފިއެވެ.
ހަނދުގެ ދެކުނު ތަނޑިއަށް ''ޗަންދްރަޔާން 3'' ތިރިކުރުމަށް ހަމަޖެހިފައިވާއިރު އެމަސައްކަތުގެ އެންމެ ފަހުގެ މަރުހަލާތައް މިއަދު ކުރާނެ ކަމަށް އެގައުމުގެ ޖައްވީ އިދާރާއިން ބުނެފައިވެއެވެ.
''ޗަންދްރަޔާން 3'' ތިރިކުރުމަށް ބޭނުންކުރާ އުޅަނދު ވިކްރަމް ތިރިކުރާނެ ދިމާލުމަކަމަށް ބެލެވޭ ދިމާލުގެ ފޮޓޯއެއް އިންޑިއާގެ ރިސާޗް އޯގަނައިޒޭޝަންުން ވަނީ ދައްކައިލައިފައެވެ.
''ޗަންދްރަޔާން 3'' އާއިއެކު ވިކްރަމް ހަނދަށް ތިރިކުރާ ސަރަހައްދުގެ މެޕިން ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއުޅަނދުގައި ހަރުކޮށްފައިވާ ހާއްސަ ކެމެރާތަކުން އެއްވެސް ނުރައްކަލެއް އޮތްތޯ އަންނަނީ ބަލަމުންނެވެ.
ހަނދުގެ ދެކުނު ތަނޑިއަށް އިންޑިއާގެ ''ޗަންދްރަޔާން 3'' ތިރިކުރަން ހަމަޖެހިފައިވަނީ މާދަމާ އެގައުމުގެ ގަޑިން 18:04 ގައެވެ. ''ޗަންދްރަޔާން 3''ގެ ލޭންޑަ މޮޑިއުލް އިން ހަނދަށް ތިރިކުރުމުގެ މަސައްކަތް އެ ދުވަހުގެ ހަވީރު 17:45 ގައި ފަށާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ރަޝިޔާއިން ހަނދަށް ފޮނުވި ލޫނާ-25 ހަނދަށް ތިރިކުރުމުގެ ތެރޭގައި ވެއްޓިފައިވާއިރު އިންޑިއާއިން ފޮނުވާލި ''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރާނެ ވަގުތަކަށް މުޅި ދުނިޔެ އަންނަނީ އިންތިޒާރުކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ