ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ޓެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ގޮތް ހަދައިފިއެވެ.
ބީއެމްއެލް އިން މިހާރު ދޫކުރާ ވިސާއާއި މާސްޓާ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭއިރު، މީގެ ކުރީން އެމެކްސް ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި މުއާމަލާތެއް ނުކުރެވެއެވެ.
ބީއެމްއެލް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ދިވެހި ފައިސާގެ އެކައުންޓުތަކާ ގުޅިފައިވާ އެމެކްސް ޑެބިޓް ކާޑުތަކުން މިހާރު އޮންލައިންކޮށްނާއި ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭނެއެވެ.
އެމެކްސް ޑެބިޓް ކާޑުންވެސް ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭނީ 250 ޑޮލަރާ ހަމައަށް ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ. މިއީ އެހެން ކާޑުތަކަށްވެސް ކަނޑައަޅާފައި އިންނަ ރޭޓެވެ.
ބީއެމްއެލް އިން ދޫކުރާ ޑެބިޓް ކާޑުތަކުން 250 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭ އިރު، އެ ބޭންކުން ދޫކުރާ ކްރިޑިޓް ކާޑުތަކުން 750 ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު