އެގްޒެކެޓިވް އެންޑް ލީޑަޝިޕް ކޯޗިންގެ ދާއިރާއަށް ހާއްސަކޮށްފައިވާ "ދަ ކޮލޮމްބޯ ލީޑަރޝިޕް އެކެޑަމީ" (ސީ.އެލް.އޭ) އިން ދެމުން އަންނަ ގްރޭޓް މެނޭޖާސް އެވޯޑު ރާއްޖޭއަށް ތައާރަފުކޮށްފިއެވެ.
ސީއެލްއޭ އިން މި އެވޯޑު ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ އެމީހުންގެ ރާއްޖޭގެ ސްޓްރެޓެޖިކް ޕާޓްނަރު، ކޮއެންސިއޯ އެލް.އެލް.ޕީ އާއި ގުޅިގެންނެވެ.
ކޮއެންސިއޯ އެލް.އެލް.ޕީ އަކީ ރާއްޖޭގައި އިންޓާނަލް އޮޑިޓް އަދި ބިޒްނަސް އެޑްވައިސަރީ އެންޑް ކޮންސަލްޓަންސީ ހިދުމަތް ދޭ ފަރާތެކެވެ. ކޮއެންސިއޯގެ ހިދުމަތްތަކުގެ ތެރޭގައި ރިސްކް އިންޓެލިޖެންސް، ގަވަނަންސް، ކަލްޗާ އޮޑިޓްސް އަދި އެޗްއާރް އޮޑިޓްސް ފަދަ ތަފާތު ހިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން އެފިލިއޭޓެޑް ޕާޓްނާސް ކަމަށް ވާ ކޮއެރޯ ގައިޑަންސް ސެންޓަރު، މައިންޑް ހޭވަން އަދި އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ) އިން ކޯޗިން، މެންޓަރިން، ޓްރެއިނިން އަދި ގައިޑަންސް އެންޑް ކައުންސެލިންގެ ހިދުމަތްތަށްވެސް ދެއެވެ.
ސީ.އެލް.އޭ ގްރޭޓް މެނޭޖާސް އެވޯޑްސްގެ ރަޖިސްޓްރޭޝަން ރާއްޖޭގެ ކުންފުނިތަކަށް ވަނީ ނޮވެމްބަރުމަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި އެވޯޑަކީ ކުންފުނިތަކުގައި ތިބި ރަނގަޅު މެނޭޖަރުން އެސެސްކޮށް، ދެނެގަނެ މެނޭޖަރުންގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑްތަކެކެވެ.
މިއެވޯޑް ޕްރޮގުރާމްގެ ދަށުން ނޮމިނޭޓްވާ މެނޭޖަރުންގެ މެނޭޖީރިއަލް އަދި ލީޑަޝިޕް ހުނަރުތަކާއި މަސައްކަތުގެ ފެންވަރާއި ގެންގުޅޭ އުކުޅުތަކަށް ބަލައި "ޑީޕްޑައިވް 5x" މޮޑެލްއިން ފީޑްބެކް އާއި ކޮމެންޓްސް ނަގައި، ލިބޭ ކޮމެންޓްސް އަދި ފީޑްބެކަށް ބެލުމަށްފަހު އެންމެ ރަނގަޅު މެނޭޖަރުންނަށް އެވޯޑް ދެވިގެންދާނެއެވެ.
ގްރޭޓް މެނޭޖާސް އެވޯޑްގެ މައިގަނޑު މަގުސަދަކީ ފެންވަރު ރަނގަޅު ހަރުދަނާ ގާބިލު މެނޭޖަރުންގެ އަގުވަޒަންކޮށް އެ މެނޭޖަރުންނަށް ދޭން ޖެހޭ އެޕްރިސިއޭޝަން އާއި ރިކޮގްނިޝަން ދިނުމެވެ. ކުންފުނިތަކުގެ އަމާޒަށް ވާސިލުވުމަށް މެނޭޖަރުން ކުރާ މިންނެތް މަސައްކަތްތަކާއި ކުންފުނި ނަގަހައްޓައި ކުރިއެރުވުމަށް އެކި ގޮތްގޮތުން ކުރާ ކަންކަން ފާހަގަކުރުމެވެ.
މިޕްރޮގުރާމުން މެނޭޖަރުންގެ ފެންވަރު މަތިކުރުމަށާއި ކުންފުނި ކުރިއަށްއޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަށް އަހުލުވެރިވެ މެނޭޖަރުންނާއި ކުންފުނި އިތުރަށް ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތާއި މިންގަނޑުތައް ދެނެގަތުމުގެ ފުރުސަތު ލިބެއެވެ. އެހެންކަމުން ހުރިހާ ގޮތަކަށް ބެލިނަމަވެސް މިއެވޯޑަކީ މުޅި ރާއްޖެއަށާއި ކުންފުނިތައް ހަރުދަނާ ގޮތަކަށް ހިންގައި ބިނާކުރުމަށް ކޮށޭނެ މަގެއްކަމުގައި ރާއްޖޭގެ ފަރާތުން މި އެވޯޑު ބާއްވާ ކޮއެންސިއޯ އިން ފާހަގަކުރެއެވެ.
ގްރޭޓް މެނޭޖާސް އެވޯޑަށް ރެޖިސްޓަރީ ކުރުމަށް 7645885 ގުޅުމުން ރެޖިސްޓްރޭޝަން ލިންކެއް ލިބޭނެއެވެ. ކޮއެންސިއޯ އެލް.އެލް.ޕީއާއި ސީ.އެލް.އޭ ގްރޭޓް މެނޭޖާސް އެވޯޑް-މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ވެސް އިތުރު މައުލޫމާތު ލިބޭނެކަމަށް ކޮއެންސިއޯ އިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު