ބަންގުލަދޭޝްގައި ޑެންގީ ހުން ފެތުރި ހޮސްޕިޓަލުތައް ފުރިއްޖެއެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ނުރައްކާތެރި މިންވަރަކަށް ޑެންގީ ކޭސްތައް އިތުރުވެފައިވާ އިރު، އެ ސިޓީގެ ހޮސްޕިޓަލުތައް ފުރި ފަރުވާދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. މިއީ އެގައުމުގައި 2000 ވަނަ އަހަރު ފަހުން ޑެންގީގެ ނުރައްކާ އެންމެ ބޮޑުވި ފަހަރު ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

ބަންގުލަދޭޝްގައި މިއަހަރުގެ މިހާތަނަށް 293 މީހުން ޑެންގީ ޖެހިގެން މަރުވެފައިވާ ކަމަށް ރަސްމީ މައުލޫމާތުތަކުން ދައްކައެވެ. އަދި އެގައުމުގައި މިއަހަރުގެ މިހާތަނަށް 61،500 މީހުންނަށް ޑެންގީ ޖެހިގެން ހޮސްޕިޓަލުތަކުގައި ފަރުވާ ދީފައިވެއެވެ.

އޮފިޝަލުން ވަނީ ވެރިރަށް ޑާކާގެ ހޮސްޕިޓަލުތައް ބަލި މީހުންނައިގެން ފުރިފައިވާ ކަމަށް ބުނެފައެވެ. ހުޅުހުޅުގައި ރިއްސުމާއި ހުން ގަދަވުމުގެ އިތުރުން ހޮޑުލާ ބަލި މީހުން ހޮސްޕިޓަލުތައް ފުރާލާފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ބަންގުލަދޭޝްގެ ސަރުކާރުން ވަނީ ޑެންގީ ޖެހުމަށް މަގުފަހިވާ މަދިރި ނައްތާލުމަށްވެސް ބޮޑު ކެމްޕެއިނެއް ވެސް ފަށައިފައެވެ.