ދެކުނު ކޮރެއާގައި ކުރިޔަށްދާ ސްކަައުޓް ޖަމްބަރީގައި ހޫނު ގަދަވުމުގެ ސަބަބުން 400 ކުދިންނަށް ފަރުވާދީފިއެވެ.
ދެކުނު ކޮރެއާގެ ބުއާންގައި ކުރިޔަށްދާ 25 ވަނަ ދުނިޔޭގެ ސްކައުޓް ޖަމްބަރީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 43000 ކުދިން ބައިވެރިވާ ކަމަށް ޖަމްބަރީގެ އޮފިޝަލުން ވަނީ ބުނެފައެވެ.
ޖަމްބަރީ ކުރިޔަށްދާ ނޯތް ޖެއޮއްލާ ޕްރޮވިންސުގެ ފިނިހޫނުމިން ވަނީ 35 ޑިގުރީ އަށް މަތިވެފައެވެ.
ހޫނު ގަދަވުމުގެ ސަބަބުން 400 ދަރިވަރަކަށް ފަރުވާ ދީފައިވާ އިރު، އޭގެތެރެއިން ގިނަ ކުދިންތަކަކަށް އެކޭމްޕުގައި ހުންނަ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ފަރުވާ ދީފައިވާ ކުދިންގެ ތެރޭގައި އެމެރިކާ އިތުރުން ބަންގްލަދޭޝް އަދި އިގިރޭސިވިލާތުގެ ސްކައުޓުން ހިމެނެއެެވެ.
ކޮރެއާގައި ކުރިޔަށްދާ ޖަމްބަރީގެ އޮފިޝަލުން ވަނީ ހޫނު ގަދަވުމުގެ ސަބަބުން ކޭމްޕް ސައިޓުގައި އެކި ހާދިސާތައް ހިނގަން ފެށުމުން އެސަރަހައްދަށް އިތުރު މެޑިކަލް ޓީމުތައް ފޮނުވުމުގެ އިތުރުން އެސަރަހައްދު ފިނިކުރުމަށް އިތުރު ކޫލަރުތަކެއް ހަރުކޮށްފައިވާ ކަމަށް ބުނެފައެވެ.
ކޮރެއާގެ އެކި ހިސާބުތަކަށް ހޫނުމޫސުމުގެ ހޫނުގެ ސަބަބުން ދަނީ ބޮޑެތި ދަތިތަކެއް ކުރިމަތި ވަމުންނެވެ. އޮފިޝަލުން ވަނީ މިއީ ވޭތުވެދިޔަ ހަތަރު އަހަރު އެގައުމު ތަޖުރިބާ ނުކުރާ ވަރުގެ ބޮޑު ހޫނު މޫސުމެއް ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ