ފްލައިޓަކަށް ނާރައި ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރި މީހާގެ އެންމެ ފަހު މަންޒިލް، ރާއްޖެއަށް އައިސްފިއެވެ.
ޑެންމާކްގެ ތޯރްބްޖޯން ނަމަކަށް ކިޔާ އެމީހާގެ ދިގު ދަތުރު ފަށާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އޭނާ ވަނީ ދުނިޔޭގެ 203 ގައުމަކަށް ދަތުރުކޮށްފައެވެ. ނަމަވެސް އެއްވެސް ފްލައިޓަކަށް އޭނާ ނާރައެވެ. އޭނާ ވަނީ އޭނާގެ ދަތުރުގެ އެންމެ މުހިއްމު ކަމަކީ މަދުވެގެން ކޮންމެ ގައުމެއްގައި 24 ގަޑިއިރު ހޭދަކުރުމެވެ.
ތޯރު ވަނީ އޭނާގެ މުޅި ދަތުރުގައި އެވްރެޖްކޮށް ދުވާލަކަށް 20 އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ބުނެފައެވެ.
ދުނިޔޭގެ ހުރިހާ ގައުމަކަށް ފްލައިޓަކަށް ނާރައި ދަތުރުކުރަން އަޒުމުކަނޑައަޅައި ފެށި ދަތުރު ނިންމާލާފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ރާއްޖެއިންނެވެ. ރާއްޖެއަށް ފަހު ތޯރު ވަނީ އޭނާގެ އަމިއްލަ ގައުމު ޑެންމާކަށް ދިއުމަށް ފެށި ދަތުރުވެގެންވެސް ދިޔައީ ދިގު ދަތުރަކަށެވެ.
3576 ދުވަހުގެ ދަތުރުގައި އޭނާ ވަނީ 37 ކޮންޓެއިނަރ ބޯޓުގެ އިތުރުން 158 ރޭލުދަތުރާއި 351 ބަސް ދަތުރާއި 33 ބޯޓާއި 43 ކުރޮޅީގައި ދުގު ދަތުރެއް ކޮށްފައެވެ. ތޯރު ޑެންމާކަށް ވެސް ދަތުރުކުރީ ރާއްޖެއިން ފުރައިގެން ކާގޯ ބޯޓެއްގައެވެ.
10 އަހަރުގެ ދިގު ދަތުރަކަށް ފަހު ދުނިޔޭގެ ހުރިހާ ގައުމަކަށް ފްލައިޓަކަށް ނާރާ ދަތުރުކުރުމަށްފަހު ތޯރު ޑެންމާކަށް ކާގޯ ބޯޓެއްގައި ލެފި އިރު 150 އަށް ވުރެން ގިނަ މީހުން އޭނާގެ އިސްތިގުބާލުގައި ތިބި ކަމަށް އޭނާ ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ