ފޭސްބުކް ހިންގާ މެޓާ ކުންފުނީގެ ފަރާތުން ނެރޭ އެމީހުންގެ އަމިއްލަ ސުމާޓް ގަޑި ރަސްމީކޮށް ދައްކާލައިފިއެވެ.
ކުރިން އެއްވެސް ވަރެއްގެ މައުލޫމާތެއް އާންމު ވެފައިނުވާ މި ގަޑި ދައްކާލުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިގެން ގޮސްފައެވެ. މިފަދަ ގިނަ ގަޑިތައް ކުރިން ނެރެފައިވަނީ އާންމުކޮން ފޯނު އުފައްދާ ކުންފުނި ތަކުން އެފޯނަކާ ގުޅޭ ގޮތަށް ނަމަވެސް ވަޓްސްއެޕްގެ ސްމާޓް ގަޑިތަކަކީ ކޮންމެ ފޯނަކާ ވެސް ގުޅޭގޮތަށް ފަރުމާ ކޮށްފައިވާ ގަޑިއެކެވެ. އެހެން ކަމުން އައިފޯން އަދި އެންޑުރޮއިޑް ފޯނުތަކާ ވެސް މި ގަޑި ގުޅުވާލެވޭނެއެވެ. މީގެ ތިން ވައްތަރެއްގެ ސްމާޓްގަޑި ނެރޭނެއެވެ.
ވަޓްސްއެޕް އަކީ ފޯނު ކުރުމަށާއި މެސެޖްތައް ކުރުމަށް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެޕްލިކޭޝަނެކެވެ. އެހެން ކަމުން މި ގަޑީގެ އެހީގައި އާ ވާހަކަތައް ފެށުމާއި މެސެޖުތަކަށް ޖަވާބު ދިނުމާއި އިނގިލިން ކޮށްޓާލައިގެން ކޯލްތައް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ވޮއިސް މެސެޖާއި އިމޯޖީ އާއި ގަވާއިދުން ޓެކްސްޓްތަކަށް ޖަވާބު ދިނުމާއި އަވަސް ޖަވާބު ދިނުމަށްވެސް ފަސޭހަކަމާ އެކު މި ގަޑި ބޭނުން ކުރެވޭނެއެވެ.
ކައިރި މުސްތަގުބަލެއްގައި ސެމްސަން ކުންފުނީގެ އާ ސުމާޓް ގަޑިތައް ނެރުމަށް ތައްޔާރު ވަމުންދާ އިރު، އަންނަ ހަފުތާގައި ބާއްވާ ހާއްސަ އިވެންޓެއްގައި އާ ގެލެކްސީ ވޮޗް 6ގެ އިތުރުން ގެލެކްސީ ވޮޗް 6 ކްލާސިކް ވެސް ނެރުމަށްދަނީ ތައްޔާރު ވަމުންނެވެ.
އެހެން ނަމަވެސް ގޫގުލްގެ ފަރާތުން ނެރޭ ވެއާ އޯއެސް ބޭނުން ކޮށްގެން އުފައްދާ މެޓާ ކުންފުނީގެ އަތުގައި އެޅޭ ގަޑިތައް ނެރުމުން ސެމްސަންގް ގަޑިތަކަށް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. ގޫގުލް ކުންފުނީގެ ވެއާ އޯއެސް ބޭނުންކޮށްގެން މިދިޔަ އަހަރުން ފެށިގެން މަސައްކަތް ފެށި މެޓާ ކުންފުނީގެ ވަޓްސްއެޕްގެ ސްމާޓްގަޑި މި ވަނީ ކުއްލިއަކަށް ވައިގަ ހިފައިފައެވެ.
ގޫގުލް ކުންފުނީގެ ވީއާ އޮއެސް އަކީ އެކިއެކި ކުންފުނިތަކުން އަމިއްލަ ސުމާޓްގަޑި އުފެއްދުމަށް ލިބުނު ބޮޑު ފުރުސަތެކެވެ. ތިންވަނަ ފަރާތެއްގެ އެޕްލިކޭޝަންތައް ހިންގުން ވަރުގަދަ ކުރުމަށް ގޫގުލް އިން ކުރާ މަސައްކަތަށްވެސް ލިބުނު ކުރިއެރުމެކެވެ. ވޮޓްސްއެޕާ އެކު ކުންފުނިން އައި/އޯގައި ފާހަގަކުރި ގޮތުގައި ސްޕޮޓިފައި އިންވެސް މި އަހަރު ވީއާ އޮއެސްގެ ބޭނުން ކުރާ ގަޑި އުފައްދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު