ބެއިޖިންއަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
ތޫފާން ޑޮކްސުރީ ޗައިނާގެ އުތުރުން އޮންނަ ބެއިޖިންއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެފައިވާ އިރު، އެ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީވީ އިން ވަނީ އެގައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގާފައިވާ އެކި ހާދިސާތަކުގައި މިހާތަނަށް 11 މީހުން މަރުވެ، 27 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.
ހުއްޓާނުލައި ޖެހިޖެހިގެން ތިން ދުވަހު ވާރޭ ވެހުމުގެ ސަބަބުން ވެރިރަށް ބެއިޖިންގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި، ޗައިނާގެ 22 މިލިއަން މީހުންގެ ގެދޮރަށް ވިއްސާރައިގެ ސަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ.
މިއީ ބެއިޖިންއަށް 2012 ވަނަ އަހަރުގެ ފަހުން މިހާތަނަށް އައި އެންމެ ބާރުގަދަ ތޫފާން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 2012 ވަނަ އަހަރު ބެއިޖިންއަށް ކުރި ވިއްސާރައިގައި 77 މީހުން މަރުވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ