ދިރާސީ އާ އަހަރާ ދިމާކޮށް 'ދިރާގު ބެކް ޓު ސްކޫލް'ގެ ނަމުގައި ދިރާގުން އާ ކެމްޕެއިނެއް ލޯންޗުކޮށްފައެވެ.

ދިރާގުން ބުނީ، ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ތަފާތު ޑިޒައިންތަކަށް ސްކޫލް ފޮތްތަކުގެ ކަވަރު ހެދުމަކީ ގިނަ ބެލެނިވެރިން ކުރާ ކަމެއް ކަމަށެވެ.

ދިރާގުން ލޯންޗުކުރި 'ބެކް ޓު ސްކޫލް' ކެމްޕެއިންގެ ދަށުން އެ ކުންފުނިން ވަނީ ކޮންމެ ކުއްޖެގެވެސް އާ އަހަރުގެ ފޮތް ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން ނަސީބުވެރި ފަސް ފަރާތަކަށް 1000 ރުފިޔާގެ ހާއްސަ ސްޓޭޝަނެރީ ވައުޗަރެއް ލިބިމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ފޮތުގެ ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކުރާއިރު #DhiraaguBackToSchool ހޭޝްޓެގް ޖެހުމަށްފަހު ޕޯސްޓް ކުރުމުން އެ ގުރުވަތުގައި ބައިވެރިވެވޭނެއެވެ.

ދިރާގު 'ބެކް ޓު ސްކޫލް' ކެމްޕެއިންގެ ދަށުން އެ ކުންފުނިން ވަނީ އާ ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު އަދި ހިލޭ ސެޓް-އަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފައެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ހާއްސަ އޮފާ ދިރާގުގެ ކޮންމެ ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށްވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން، އެ ކެމްޕެއިންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓާއެކު އެންމެ 594 ރުފިޔާއަށް ދިރާގު މައިފައި ޑިވައިސްއެއް ގަތުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފައެވެ. މި ލިމިޓަޑް ޓައިމް ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަަށެވެ.

ދިރާގު 'ބެކް ޓު ސްކޫލް' ކެމްޕެއިންއާ ގުޅޭ އިތުރު މައުލޫމާތު https://bit.ly/3rMATYg ލިބޭނެއެވެ.