ދުނިޔޭގެ އެންމެ މުސްކުޅި ބޮޑީ ބިލްޑަރަކީ އުމުރުން 90 އަހަރުގެ މީހެއްކަމަށް ދުނިޔޭގެ ރެކޯޑްފޮތުން ނިންމައިފިއެވެ.
ކެލިފޯނިއާއަށް އުފަން ޖިމް އާރިންޓަން އަށް ދުނިޔޭގެ އެންމެ މުސްކުޅި ބޮޑީ ބިލްޑަރުގެ މަގާމު ލިބިފައިވަނީ އުމުރުން 83 އަހަރުގައެވެ. އޭރު އޭނާވަނީ އިންޓަނޭޝަނަލް އެޑްރޭޝަން އޮފް ބޮޑީ ބިލްޑިން އެންޑް ފިޓްނަސް ޕްރޮފެޝަނަލް ލީގު އިވެންޓުގައި ބައިވެރިވެފައެވެ.
ޖިމް އާރިންޓަން ވަނީ އޭނާ އެންމެ ފަހުން ބައިވެރިވި މުބާރާތުގެ 70 އަހަރުން މަތީ އުމުރު ފުރައިގެ ކެޓަގަރީން ތިން ވަނަ ކާމިޔާބު ކޮށްފައެވެ.
ޖިމް އާރިންޓަން ވަނީ އޭނާގެ ހަޔާތަކީ އާދަޔާ ހިލާފު ހަޔާތެެއްކަމަށް ބުނެފައެވެ. އުފަންވީއިރު 5.5 ޕައުންޑު ހުރި ކަމަށް އޭނާ ބުނެފައިވެއެވެ. ސިއްހީ ގިނަ މައްސަލަތަކެއް ކުޑައިރު ކުރިމަތިލާފައިވާކަމަށް އޭނާ ފާހަގަކުރިއެވެ.
ޖިމް އާރިންޓަން އެންމެ ފުރަތަމަ ބޮޑީ ބިލްޑު ކުރަން ފެށީ އުމުރުން 15 އަހަރުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
އުމުރުން 90 އަހަރުގައި ވެސް ޖިމް އާރިންޓަން ކޮންމެ ދުވަހަކު ދެގަޑިއެއްހާ އިރު ޖިމްގައި ހޭދަކުރާކަމަށް އޭނާ ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ