ލަންކާގެ ފުރަތަމަ އާޓިފިޝަލް ބީޗު، ކޮލަމްބޯ ޕޯޓް ސިޓީގައި ހުޅުވައިފިއެވެ.
3.5 ކިލޯމީޓަރު ދިގުމިނުގައި ހުންނަ އާޓިފިޝަލް ބީޗު އެ ގައުމުގެ އާންމުންގެ އިތުރުން ފަތުރުވެރިންވެސް ބޭނުން ކުރެވޭނެކަމަށް ލަންކާގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ.
މުޅިން އަލަށް ލަންކާގައި އާޓިފިޝަލް ބީޗެއް ހުޅުވާފައިވާއިރު އެބީޗު ބޭނުންކުރުމަށް އެއްވެސް ފީއެއް ނުނަގާނެކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
ކޮލަމްބޯ ޕޯޓް ސިޓީގެ ތަރައްގީގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށްދާއިރު އާޓިފިޝަލް ބީޗު ހިމެނޭ ސަރަހައްދުގައި ވަނީ ފުޑް ކޯޓުތައްވެސް ގާއިމުކޮށްފައެވެ.
ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ ޕޯޓް ސިޓީއަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ތަރައްގީކުރަމުން އަންނަ ބޮޑު މަޝްރޫއެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ