ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ލިބުނު ފަޅުގައި ލަގްޒަރީ ރިސޯޓެއް ހެދުމަށް ނިންމައިފިއެވެ.
ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏަށް ލިބުނު އެ ފަޅުގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަން ނިންމާފައި މިވަނީ، އއ. މަތިވެރި ފިނޮޅުގެ ބަދަލުގައި ޖާބިރަށް މާލެ އަތޮޅުން ދޫކުރި ފަޅު ވިއްކާލިކަމުގެ އަޑު ފެތުރުމާ ގުޅިގެންނެވެ.
ޖާބިރާއި އޭނާގެ ދަރިކަލުން މުހައްމަދު ޖާބިރުގެ ހިއްސާ އޮންނަ އިންޓަނޭޝަލް ޓްރެވެލް ކޮންސަލްޓޭޝަން ކުންފުންޏަށް މީގެ ކުރިން ދޫކޮށްފައި އޮތް މަތިވެރި ފިނޮޅު ސަރުކާރުގެ ބޭނުމަށް ނަގާފައިވާ އިރު، ސަރުކާރުން ވަނީ ބަދަލުގައި އެ ކުންފުންޏަށް މާލެ އަތޮޅުން ފަޅެއް ދޫކޮށްފައެވެ.
އެ ފަޅުގައި ދުނިޔޭގެ ފެންވަރުގެ ރިސޯޓެއް ހެދުމަށް ޖާބިރު ނިންމަވާފައިވާ އިރު، 300 މިލިއަން ޑޮލަރާ ގާތް ކުރާވަރުގެ އިންވެސްޓްމެންޓެއް ކުރަންޖެހޭ ކަމަށް އޭނާ އަންދާޒާކުރައްވައެވެ.
އެކަމާ ގުޅޭގޮތުން "ވަން" އިން ސުވާލުކުރުމުން ޖާބިރު ވިދާޅުވީ، ލަގްޒަރީ ރިސޯޓެއް ވިލާާ ކޮންސެޕްޓަށް ހެދުމަށް ނިންމަވާފައިވާ ކަމަށާއި އެ ރިސޯޓް ތަރައްގީކުރަން އިންވެސްޓްކުރުމަށް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމަށް އިންވެސްޓްކުރަން މަޝްވަރާތައް ކުރަނީ ކޮން ގައުމެއްގެ ކުންފުންޏަކާ ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު