މ. ކޮޅުފުށީގައި ދެ އަހަރު ނުވާ ފިރިހެން ކުއްޖަކު މިއަދު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށެވެ. އަދި ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ކުއްޖާ އޮތީ މަރުވެފައި ކަމަށް ބުންޏެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ކޮޅުފުށިން "ވަން" އާ ވާހަދެއްކި މީހަކު ބުނީ ކުއްޖާ ގެއްލުމުގެ ކުރިން އެ ކުއްޖާގެ ގެ ކައިރީ އެ އުމުރުފުރައިގެ އެހެން ކުއްޖަކާ އެކު ކުޅެން އުޅުނު ކަމަށާއި އޭރު އެ ކުއްޖާގެ މަންމަ ހުރީ ގޭގެ އަނެއް ފަރާތުގައި ކަމަށެވެ. އަދި އެ ކުދިންގެ ހަބަރު ބަލާލަން އެ ކުއްޖާގެ ބައްޕަ ދިޔައިރު ފެންނަން ނެތުމުން ދެ ކުދިން ހޯދަން ފެށި ކަމަށް ބުންޏެވެ.
އެ ކުއްޖާ ފެނުނީ އެރަށު "ހުސޭނުބޭ ރުއްގަނޑު" ކިޔާ ސަރަހައްދާ ދިމާލުން މޫދުން ކަމަށާއި މަރުވި ކުއްޖާ ފެނުނުއިރު އެ ކުއްޖާއާ އެކު ކުޅެން ހުރި ކުއްޖާ މޫދު ކައިރީގައި ތެމިގެން ހުރި ކަމަށްވެސް ވާހަކަ ދެއްކި މީހާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު