ރާއްޖޭގައި އާންމުކޮށް އަންހެނުން ކައިވެނި ކުރަނީ އުމުރުން 20 އަހަރުގައި ކަމަށާއި ފިރިހެނުން ކައިވެނި ކުރަނީ 24 އަހަރުގައި ކަމަށް މިދިޔަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބޯހިމެނުމުގެ ރިޕޯޓުން އެނގޭ ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 15 އަހަރުން މަތީގެ އާބާދީގެ 69 ޕަސަންޓް މީހުންނަކީ ކައިވެނިކޮށްގެން އުޅޭ މީހުންނެވެ. އަދި ނުވަ ޕަސަންޓް މީހުން ވަރިވެގެން އުޅޭއިރު، ކައިވެނި ނުކުރާ 19 ޕަސެންޓް މީހުން އެބަ އުޅެއެވެ. އަދި ހުވަފަތްވެފައިވާ ތިން ޕަސަންޓް މީހުން އެބަ ތިއްބެވެ.
ރިޕޯޓުން އެނގޭ ގޮތުގައި، ދިވެހިން އެވްރެޖް ގޮތެއްގައި ކައިވެނިކުރާ އުމުރަކީ 22 އަހަރެވެ. އެއީ އަންހެނުން 20 އަހަރުގައި ފިރިހެނުން 24 އަހަރުގައެވެ.
ރިޕޯޓުން އެނގޭ ގޮތުގައި، ދިވެހިން ދަރީން ހޯދާ އަދަދުވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެގޮތުން މިހާރު އެވްރެޖުކޮށް ދިވެހި އަންހެނުން ހޯދަނީ 1.7 ކުދިންނެވެ. އެއީ އެއް ކުއްޖެއް ނުވަތަ ދެ ކުދިންނެވެ. އެ އަދަދު 1990 ވަނަ އަހަރު ހުރީ 6.4 ގައެވެ. އެއީ ހައެއް ނުވަތަ ހަތް ކުދިންނެވެ.
އެހެންވެ ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް ހުރީ 'ބިލޯ ރިޕްލޭސްމަންޓް ލެވެލް' ގައި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެއީ އުފަންވާ ރޭޓާއި މަރުވާ ރޭޓް އަޅާބަލާއިރު އާބާދީ އިތުރު ނުވެ ދަށްވާނެ ހާލަތު މެދުވެރިވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު