ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ޕެންޑާއެއް ޓްވިންސެއް ވިހައިފިއެވެ.
ދެކުނު ކޮރެއާގެ ތީމް ޕާކެއްގައި ޕެންޑާއެއް ވިހާފައިވަނީ އަންހެން ދެ ޕެންޑާކަމަށް ސޯލްގައި ހުންނަ އެޕާކް އޮޕަރޭޓްކުރާ ކުންފުނިން ނެރުނު ބަޔާނެއްގައި ވެއެވެ.
ސޯލްގައި ހުންނަ އެވާލެންޑް ތީމް ޕާކް ހިންގާ އެމްސަންގް ސީއެންޑްޓީ ރިސޯޓް ގުރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނީ މިއީ އެގައުމުގައި ޕެންޑާއެެއް ޓްވިންސް އެއް ވިހެއި ފުރަތަމަ ފަހަރުކަމަށާއި މައި ޕެންޑާއާއި ކުދި ޕެންޑާ ތަކުގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ދުނިޔެއިން ނެތިދާނެކަމަށް ކަނޑައަޅައި ހިމާޔަތް ކޮށްފައިވާ ޕެންޑާގެ އާބާދީ މަދުވަމުން ދާކަމަށް ރިޕޯޓުއް ބުނެއެވެ.
ކޮރެއާގެ ޕާކްގައި ވިހާފައިވަނީ 2016 ވަނަ އަހަރު ޗައިނާއިން ކުއްޔަށް ގެނެސްފައިވާ ޕެންޑާއެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ