މިދިޔަ ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯއިން ކުރިޔަށްގެންދިޔަ "ރަމަޒާން ބާޒާރު"ގެ ނަސީބުވެރިން ހޮވައިފިއެވެ.
އެސްޓީއޯ ރަމަޒާން ބަޒާރު ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ސޭލް އެވެ. 22 ޖެނުއަރީން ފެށިގެން 29 އޭޕްރީލްގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގެ ހުރިހާ ބައިވެރިންގެ ތެރެއިން ގުރުއަތުން ނަސީބުވެރި އެއް ފަރާތް ހޮވައި އިނާމެއްގެ ގޮތުގައި ދެ މީހަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ.
އެސްޓީއޯ އިން ބުނީ މި އަހަރުގެ ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ ދެ މީހެއްގެ އުމްރާ ދަތުރު ލިބިފައިވަނީ އަބްދުއްރަހްމާން އަބްދުލް ގާދިރަށް ކަމަށެވެ. ބޮޑު އިނާމުގެ އިތުރުން އިތުރު ތިން ނަސީބުވެރިޔަކު ހޮވައި އެ ފަރާތްތަކަށްވެސް އަގުހުރި އިނާމުތަކެއް މި ޕްރޮމޯޝަނުގައި ދީފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެގޮތުން އެ ތިން ކަސްޓަމަރުންނަށް ލިބިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މުދާ ނެގުމަށް 4،000 ރުފިޔާގެ ވައުޗަރެވެ.
ޚަބަރު
ޚަބަރު