ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހަދާ ޓީޓީ ޕްރޮސެސްކުރާ ވަގުތު އިތުރުކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ބޭންކު މެދުވެރިކޮށް ފައިސާގެ ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރާ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ބީއެމްއެލް މެދުވެރިކޮށް ހަދާ ޓީޓީ ޕްރޮސެސް ކުރާ ވަގުތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅާ ޓީޓީ އެޕްލިކޭޝަންތައް އެ ދުވަހަކު ޕްރޮސެސްކޮށްދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބޭންކުން ބުނީ މި ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށާއި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް ޓީޓީއަށް ހުށަހެޅޭނެ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅާ އިރު، ހުރިހާ ލިޔެކިޔުމެއް ހަމަކޮށް ހުށަހެޅުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު